ads
މުބާލް އޭޝިއަން ގޭމްސްގައި - ފޮޓޯ އެމްއޯސީ
އަޝްރަފްގެ 17 އަހަރުވީ ރެކޯޑް މުބާލް މުގުރާލައިފި
ހަސަން އަޝްރަފް، 2006 ވަނަ ސްރީ ލަންކާގައި ކުރިއަށްދިޔަ ގޭމްސްގައި ހެދި ފިރިހެނުންގެ 100 މީޓަރުގެ ބްރެސްޓް ސްޓްރޯކްގެ ޒުވާން ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް، ރެކޯޑު މުގުރާލައިފި އެވެ.

މުބާލް، ފިރިހެނުންގެ 100 މީޓަރުގެ ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑު މުގުރާލީ، ޗައިނާގެ ހަންޒޫގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި އެއް މިނެޓު 14.73 ސިކުންތުންރޭސް ނިންމައިގެންނެވެ. މި ރެކޯޑު ކުރިން އޮތީ 17 އަހަރު ކުރިން 10 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ހަސަން އަޝްރަފް އެވެ. އެއީ، 2006 ވަނަ ސްރީ ލަންކާގައި ކުރިއަށްދިޔަ ގޭމްސްގައި އަޝްރަފް ގައުމީ ރެކޯޑު ހެދީ އެއް މިނެޓު 16:33 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މުބާލްގެ އިތުރުން އަލީ އިމްއާން އާއި މިރާލް އައިން ލަތީފް ވެސް ވަނީ ގައުމީ ރެކޯޑެއް އާކޮށްފަ އެވެ. އިމްއާން ރެކޯޑު ހެދީ 100 މީޓަރ ބެކްސްޓްރޯކް އިވެންޓުންނެވެ. އޭނާ ރޭސް ނިންމީ އެއް މިނެޓު 04:64 ސިކުންތުންނެވެ. ހަތަރު ފެތުންތެރިން ވާދަކުރި ހީޓުން އިމްއާން ދިޔައީ ދެވަނައަށެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު ކުރިން އިމްއާން ހެދީ މި އަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގަ އެވެ. އެ މުބާރާތުގައި އިމްއާންގެ ޓައިމިން އަކީ އެއް މިނެޓު 04.98 ސިކުންތުންނެވެ.

މި ގޭމްސްގެ އަންހެނުންގެ 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އައިން ލަތީފް އާކޮށްފަ އެވެ. 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތިން މިނެޓު 05:69 ސިކުންތުން ފަތައި މިރާލް ހެދި ރެކޯޑު އޭނާ މިފަހަރު އާކުރީ، ތިން މިނެޓު 04:45 ސިކުންތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް