ads
އައިޖީއެމްއެޗު
އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބޭއަދަބީކޮށް ވާހަކަދެއްކި މައްސަލަ ބަލަނީ
އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބޭއަދަބީކޮށް ވާހަކަދެއްކި މައްސަލައެއް ބަލަން ފަށައިފި އެވެ.

ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތްކުރާ، ނޭވާލާ ނިޒާމުގެ ބަލިތަކުގެ ޑޮކްޓަރަކު، ބަލިކުއްޖެއްގެ އެހީތެރިންނާ އެކަށީގެެން ނުވާ ގޮތަށް މުހާތަބުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެން ފެށީ އިއްޔެ އެވެ. 

މިކަމާ ގުޅިގެން އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ ހޮސްޕިޓަލްގެ ސަމާލުކަމަށް އައުމާ ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށެވެ.

އެ ހާދިސާގެ ވާހަކަ ހިއްސާ ކުރަމުން، ބަލިމީހާގެ ދައްތަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ކޮއްކޮ އަކީ މިދިޔަ މަހުގެ 9 އިން ފެށިގެން ފުއްޕާމޭގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންދާ ބަލިކުއްޖެއް ކުއްޖެއް ކަމަށެވެ. 

ބަލި މީހާގެ ބައްޕައާއި ޑޮކްޓަރު ދެބަސްވެ ބޭއަދަބީކޮށް ވާހަކަދެއްކިއިރު "އަހަރެންނަކީ ކާކުކަން އެނގޭ ހެއްޔޭ" ވިދާޅުވެ "ތި ވައްތަރަށް ވާހަކައެއް ނުދެއްކޭނެ" ކަމަށް ވިދާޅުވެ ޑޮކްޓަރު އަޑުގަދަ ކުރެއްވި ކަމަށް ޕޯސްޓްގައިވެ އެވެ.

އޮންކޯލްގައި ހުންނެވި މި ޑޮކްޓަރު ރުޅިގަދަ ވެގެން ފަހުން ރޫމުން ނިކުމެގެން ދިޔަ ކަމަށްވެސް ބުނެފައިވެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް