ads
އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު: މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް އާއެކު، އެއާ ޓްރެފިކްގެ ހުރިހާ ހިދުމަތްތަކެއް އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުކޮށްފައި - ފޮޓޯ:ވީއައިއޭ
އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތް ހަރުދަނާ ކުރަން ވަކި ކުންފުންޏެއް
އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާކުރުމަށް ވަކި ކުންފުންޏެއް އުފައްދައިފިއެވެ.

ހޯމަ ދުވަހު "މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް" ގެ ނަމުގައި އުފެއްދި ކުންފުންޏާ އެކު، އެއާ ޓްރެފިކްގެ ހުރިހާ ހިދުމަތްތަކެއް ބަދަލު ވާނީ އެ ކުންފުނީގެ ދަށަށެވެ. މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ ތަޖުރިބާކާރު އެއާޓްރެފިކް ކޮންޓްރޯލަރު މުހައްމަދު އަހުތަރެވެ.

މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް އުފެއްދުމާ ހަމައަށް ވައިގެ ދަތުރުތައް މެނޭޖްކުރަމުން ގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއާ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގެ ދަށުން، އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އަދި ކޮންޓްރޯލް ޓަވަރުންނެވެ.

ސަރުކާރުން ބުނީ ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލުތަކާ އެކު ރާއްޖޭގައި އެއާޕޯޓުތައް ގިނަވުމާއި ސީޕްލޭން އޮޕަރޭޝަން އިތުރުވުމުގެ ސަބަބުން ވައިގެ ސަރަހައްދުގައި އުދުހޭ މަތިންދާ ބޯޓުތައް ގިނަވެފައިވަނީ ލަފާކޮށްފައި ނުވާ މިންވަރަކަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއްވަގުތެއްގައި އުދުހޭ ފްލައިޓުތަކުގެ އަދަދު 60 އަދި 70 މޫވްމަންޓަށް އިތުރުވެފައިވާއިރު، އެއާޓްރެފިކް ކޮންޓްރޯލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ވަސީލަތްތަކަށް ބަދަލުތަކެއް ވަނީ ގެންނަން ޖެހިފައި ކަމަށް ބުނެއެވެ.

އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާކުރުމަށް ވަކި ކުންފުންޏެއް އުފައްދާފައި ވަނީ ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް