
މި މީހުން ޕީޕީއެމްއާ ގުޅުމަށްފަހު ފޯމުތައް ހަވާލުކޮށްފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއެވެ.
ހާރޫން ސޮއިކުރެއްވީ މުއިއްޒު ގއ ވިލިގިއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ހާރޫންއާއެކު 100 އަށްވުރެ ގިނަ މީހުން ވަނީ ޕީޕީއެމްއަށް އެ ރަށުން ސޮއިކޮށްފައެވެ.
ހާރޫނު އެގްރޯނެޓަށް އައްޔަނު ކުރީ 2020 ވަނަ އަހަރުއެވެ. ރިޔާސީ އިންތިހާބަށް އެމްޑީޕީން ވޭއްވި ޕްރައިމަރީގައި ހާރޫނު ތާއީދު ކުރެއްވީ ރައީސް މުހައްމަދު ނަޝީދަށެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަންނަވަންދެން ވެސް ހުންނެވީ ދަ ޑިމޮކްރެޓްސް ޕާޓީގައެވެ.
ދަ ޑިމޮކްރެޓްސް އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފައެވެ.
ހާރޫން ޕީޕީއެމްއާގުޅުނުއިރު، ޕީޕީއެމްއެމް އިން މި ރިޔާސީ އިންތިހާބަށް އެންޑޯޒް ކޮށްފައިވާ ކެނޑިޑޭޓަކީ ޑރ، މުހައްމަދު މުއިއްޒުއެވެ. ޑރ. މުއިއްޒު އެންޑޯޒްކުރީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމިން ޖަލުގަ ހުންނެވުމުން އެމަނިކުފާނަށް ކުރިމަތިލުމުގެ ފުރުސަތު ނެތުމުންނެވެ.