މަހްލޫފް ވިދާޅުވީ، މި ސަރުކާރުން އަޅަމުން އަންތިލަމާލެ ބުރިޖުގެ ގިނަ މަސައްކަތްތަކެއް މިހާރުވެއް ހިންގަމުން އަންނަކަމަށެވެ.
އިންޑިއާގެ އެފްކޮންއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މާލެ ވިލިމާލެ ގުޅާލުމަށް ނިންމާފައިވާއިރު ބްރިޖް މަސައްކަތް އެއްކޮށް ނިމޭނެކަމަށް ބެލެވެނީ 2024 ވަނަ އަހަރުއެވެ.
މިހާރު މަސައްކަތް ނިންމޭނެ ކަމަށް ލާފާކުރާ ތާރީހުތައް:
- މާލެ އާއި ވިލިމާލޭ ގުޅާާލާ ނިމޭނީ ޑިސެމްބަރަށް
- ގުޅީފަޅާއި ތިލަފުށި ގުޅާލާ ނިމޭނެ ކަމަށް ލަފާކުރަނީ 2024 ގެ މެއި ހިސާބުގަ
- މުޅި ބްރިޖު މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2024 ޑިސެމްބަރަށް
މި ތާރީހުތަކަށް މަސައްކަތް ނިންމުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. އެގޮތުން މިހާރު މާލޭގެ އެއްގަމުގައި ޖަހާ އަށް ތަނބުގެ މަސައްކަތް ނިމިފައި ވާއިރު، ކަނޑުގައި ޖަހާ ތަބުތަކުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މީގެ އިތުރުން ވިލިމާލޭ ކޮޅުން ހިއްކަން ޖެހޭ ސަރަހައްދުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ތިލަމާލެ ބުރިޖަކީ ޖުމުލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.