ads
ފުލުހުންގެ މައި އޮފީސް: ޝަހީދު ހުސެއިން އާދަމް ބިލްޑިންގް -- ފޮޓޯ: ފުލުހުން
މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދައި ރެއިޑް ޖަހަން އުޅޭ ވާހަކަތައް ދޮގުކޮށްފި
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ގެ, މ. ދިމްޔާތަށް މަސްތުވާތަކެތި ވައްދައި ފުލުހުން ރެއިޑް ޖަހަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.
Advertisement

ފުލުހުން މިކަން ހާމަކުރައްވާފައި މިވަނީ މުއިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވަމުންދާކަމަށް ޗެނަލް-13 އިން ރިޕޯޓްކޮށްފައިވަނިކޮށެވެ. މި ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް، ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް، ޒިންމާދާރުކަމެއް ނެތި ހަބަރު ފެތުރުން ކުށްވެރިކުރަމުން ފުލުހުން ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ހިލާފު ކަންކަން ނުކުރަން އިލްތިމާސްކޮށްފަ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ޒިންމާދާރު ކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ގެނެސް ދިނުމަކީ މި ހިދުމަތުން ކުށްވެރި ކުރާ ކަމެކެވެ. އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑާ ހިލާފަށް މިފަދަ ކަންކަން ނުކުރަން މި ހިދުމަތުން އިލްތިމާސް ކުރަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

 

"ޗެނަލް-13ގެ އެ ހަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައިނުވާ، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ އަގުވައްޓާލުމުގެ ގޮތުން ގެނެސްފައިވާ ކަނޑައެޅިގެން ދޮގު ހަބަރެކެވެ،"

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް