ads
ހައިކޯޓުގެ ޝަރީއަތުގައި ޔާމީން
ދިގު ދެމިގެން ދިޔަ ޔާމީންގެ ޝަރީއަތަށް ފަހު އަންނަ ހަފްތާގައިވެސް އަޑު އެހުމެއް
ހަތަރު ގަޑިއިރަށްވުރެ ގިނަ އިރަށް ދިގު ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު އަންނަ ހަފްތާއަށްވެސް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް ތާވަލުކޮށްފިއެވެ.
Advertisement

މިއަދު މެންދުރު ފަހު ދޭއް ޖެހިއިރު ފެށި ޔާމީންގެ އިސްތިއުނާފު އަޑު އެހުން ހައިކޯޓުގައި އިރުއޮއްސި ގާތްގަނޑަކަށް ހަތެއް ޖެހުމާ ހަމައަށް ކުރިއަށްދިޔައެވެ. މި އަޑު އެހުމުގައި ދޭތެރެ ދޭތެރިން ބްރޭކް ނެގިއިރު، މިއަދުގެ އަޑު އެހުމުގައި ޕީޖީ އޮފީހުގެ ވަކީލުންގެ ޓީމުގެ ބައެއް މެންބަރުން ބައިވެރިވީ އައްޑޫ ސިޓީންނެވެ. 

ދިގުދެމިގެން ދިޔަ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވެސް ވަނީ ޔާމީންގެ އިސްތިއުނާފީ ނުކުތާތަކާ ގުޅުވައި މަނީ ލޯންޑަރިންގެ މަފުހޫމާ ގުޅޭ ގިނަ ސުވާލުތަކެއް ދައުލަތާ ކުރައްވައިފަ އެވެ. 

މިއަދުގެ އަޑު އެހުމުގައި، ދައުލަތުގެ ވާހަކަތަކަށް ރައްދު ދޭން ޔާމީނަށް ވެސް އަލުން ފުރުސަތު ދެއްވި އެވެ. ޔާމީނު ވިދާޅުވީ ބަހުސްގެ ބޭނުމަށް ވެސް، ދައުލަތުން އެ ފާހަގަކުރާ ގޮތަށް އެކަން ހިނގައި ގޮސްފި ނަމަ ރާއްޖޭގެ ބޭންކިން ނިޒާމަށް އެ ކަން ދަނެގަނެވޭނެ ކަމަށެވެ.

މިއަދުގެ އަޑު އެހުން އިރުއޮއްސުނު ފަހުން ހައިކޯޓުން ނިންމާލީ އަންނަ ހޯމަ ދުވަހު އިތުރު އަޑު އެހުމެއް ބާއްވާނެ ކަން އިއުލާން ކުރަމުންނެވެ. 

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް