
ޑރ. މުއިއްޒު ނ. ލަންދޫގައި ވާހަކަ ދައްކަވަނީ
"މީހެއްގެ ހައްގަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ"
ގުފްތަގް އަޖީރު
26 ސެޕްޓެމްބަރ 2023 - 23:09:54
އެއްވެސް މީހެއްގެ ހައްގަކަށްއަރައި އަނިޔާ ދީފައި ނޯންނާނެކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދަޅުވެއްޖެއެެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މިއަދު މުއިއްޒު މިހެން ވިދާޅުވިއިރު، މިއަދު މީޑިއާގައި ވަނީ މުއިއްޒު އޭނާގެ ދޮންމަންމަ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގަ ޑީޕޯޓުކޮށްލެއްވިކަމަށް ބުނޭ ރިޕޯޓެއް ފެންމަތިވެފައެވެ.
މުއިއްޒު ވަނީ އެފަދަ ކަމެއް އޮތްނަމަ ރަސްމީ އިދާރާތަކަށް ހުށަހަޅައިގެން ބެލުމަށްވެސް އެދިލައްވާފައެވެ
"އެއްވެސް މީހެއްގެ ހައްގަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ. އެ ކަހަލަ ވާހަކަ ދައްކަވަން އޮތިއްޔާ ބައްލަވަންވީ ރަސްމީ އިދާރާތަކަށް ހުށަހަޅުއްވައިގެން،"
މިއިއްޒު މިއަދު ވިދާޅުވީ އޭނާއަކީ މިހާތަނަށް ވެސް ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށްވިދާޅުވިއެވެ.
"ރަސްމީ އިދާރާތަކުން ބައްލަވަން ވާނީ އިންސާފުން، ސިޔާސީ ނުފޫޒުން އެއްކިބާވެގެން. އޭރު އެ ހަދާ ހުރިހާ ދޮގުތަކެއް މާ ބޮޑަށް ފަލީހަތް ވެގެން ދާނެއޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިސާރުކާރުން މަސައްކަތް ކުރަނީ "ޒާތީ" ގޮތުން ކަމަށެވެ. އަދި ސަރުކާރުން ހަދާފައިވާ ގޯސްތައް ބައްލަވާނެކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް