ads
ރޭ ބޭއްވި ކަންމަތީ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް ވާހަކަދައްކަވަނީ: އެ ޕާޓީން ރައީސް ސޯލިހާ އެކު ތިބިކަން ވަނީ ޔަގީންކޮށްދީފައި - ފޮޓޯ:އެމްޑީޕީ
އަދާލަތުން ރައީސް ސޯލިހާ އެކު ތިބިކަން ޔަގީންކޮށްދީފި
އަންނަ ހޮނިހިރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައިވެސް އަދާލަތު ޕާޓީ އޮތީ، އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަމުން އައީ މި ސަރުކާރުގެ ގެނައުމަށް 2018 ވަނަ އަހަރު މަސައްކަތް ކުރި ކޯލިޝަނުގެ ބައިވެރިއެއް ކަމުގައިވާ އަދާލަތު ޕާޓީގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ގުޅުނު އެމްޑީއޭއިންނެވެ. އެހެންނަމަވެސް، އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އާއެކު، ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތަކުން އެމްޑީއޭގެ ލީޑަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ފެނިވަޑައިގެންފައެއް ނުވެއެވެ. އެ އާއެކު ރޭ ވަނީ ދެން ރައީސް ސޯލިހު އާ ގުޅިގެން މަސައްކަތް ނުކުރައްވަން ނިންމާފައެވެ.

އެމްޑީޕީ އާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން އެމްޑީއޭ ވަކިވުމާ އެކު، އަދާލަތު ޕާޓީންވެސް ސަރުކާރު ކޯލިޝަން ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް އެ ވާހަކަތައް އެ ޕާޓީން ވަނީ ދޮގުކޮށްފައެވެ. ރޭ މެންދަމު އަދާލަތުން އެކްސްގައި ލިޔެފައިވާ ގޮތުގައި އެ ޕާޓީން އަދިވެސް ތާއީދު ކުރަނީ ރައީސް ސޯލިހަށެވެ.

އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ގޮތަށް، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު އެ ޕާޓީން ސާބިތު ކަމާ އެކު އަދިވެސް ދެމި ތިބި ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

"އަދި މާތްﷲ ގެ އިރާދަފުޅާ އެކު މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީ އާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކާ އެކުގައި މި ޕާޓީއިން ކުރާނެ ވާހަކަ ދެންނެެވީމެވެ،" އަދާލަތުން ލިޔެފައިވެއެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް