ads
އޭޝިއަން ގޭމްސްގެ ތެރެއިން؛ ފޮޓޯ އެމްއޯސީ
އޭޝިއަން ގޭމްސް: ޝައްފާން ގަދަ 16 އަށް
އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ މުހައްމަދު ޝައްފާން، ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
Advertisement

ޗަ އިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ޝައްފާން ގަދަ 16 އަށް ދިޔައީ ފިރިހެން ސިންގަލްސް އިވެންޓުގައި ނޭޕާލްގެ މަހަރުޖާން ރުބިންއާ ވާދަކޮށް 4-1 ސެޓުން ކުރި ހޯދައިގެންނެވެ. އެއީ 11-6 ، 11-3 ،  11-8، ، 11-6، 11-8 ންނެވެ.

މިއީ މި އަހަރުގެ ގޭމްސްގައި ޓީޓީ އިން ރާއްޖެ މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން އަންހެން ޓީމުގެ ދެ މެޗާއި ފިރިހެން ޓީމުގެ ދެ މެޗުގެ އިތުރުން، މިކްސްޑް ޑަބަލްސް އިވެންޓުގައި ކުޅުނު މެޗުން ވެސް ރާއްޖެއަށް މޮޅެއް ނުވެވުނެވެ. ހޯމަ ދުވަހު އޮތް މިކްސްޑް ޑަބަލްސް އިވެންޓުގައި ޝައްފާން އާއި ލައިސާ ފަތުހުﷲގެ ޕެއާ ބަލިވީ އުތުރު ކޮރެއާގެ ޕެއާ އާ ވާދަކޮށް 1-11، 2-11، 7-11 އިންނެވެ.

ފިރިހެން ސިންގަލްސް އިވެންޓުގައި މޫސާ މުންސިފް އަހުމަދު ވެސް ކުޅުނެވެ. ބަހްރޭންގެ އަލިއަސީ އާމްޖް އާ ވާދަކޮށް މުންސިފް ވަނީ 4-1 ސެޓުން ބަލިވެފަ އެވެ. އަންހެން ސިންގަލްސްގައި މިއަދު އައިޝަތު ރަފާ ނާޒިމް ވެސް ވަނީ ކުޅެފަ އެވެ. މަކާއޮ ގެ ޗިއޮންގް ޗީ ހުން އާ ދެކޮޅަށް ކުޅުނު މެޗުން ރަފާ ބަލިވީ 4-1 ސެޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް