ads
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ސިމްސް ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައި - ފޮޓޯ:ޓްރާންސްޕޯޓް މިނިސްޓްރީ
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި
"އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަކުރަން ޖެހޭ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ޓްރާންސްޕޯޓު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވުމަށް އެ މިނިސްޓްރީން ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ހޯދުމަށް ފުރިހަމަކުރަން ޖެހޭ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެ މިނިސްޓްރީން ދޫކޮށްފައިވާ އޭ-ޒޯނުގެ "ދާއިމީ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ އެ ފަރާތްތަކަށް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ލައިސަންސް ދޫކުރެވޭނީ އެ މިނިސްޓްރީން އެކަށައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ދޫކުރެވޭ އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސްއަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސްއެއް ކަމުގައެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރާއްޖޭން ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968 ގައި ބައިވެރިވެފައިވާއިރު، 99 ގައުމަކުން ވަނީ އެކޮންވެންޝަން ބަލައިގަނެފައެވެ.

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް