މިއަދު ހެނދުނު އަލިފާން ހިފީ ތިލަފުށީ ލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ "ވާލިޔާ 7" ނަމަކަށް ކިޔާ މިދޯނީގައެވެ.
ހުޅު ހިފީ ތިލަފުށިން ތެޔޮ އަޅައިގެން އިންޖީން ސްޓާޓް ކޮށްލި ވަގުތު ސްޕާކް ވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާން ހިފިއިރު އެ ދޯނީގަ 20،000 ލީޓަރު ތެޔޮ ހުއްޓެވެ. މި ހާދިސާ ހިނގިވަގުތު ދޯނީގައި ތިބި 3 މީހުންތިއްބެވެ.
އަލިފާން ހިފުމުން ސިފައިންވަނީ ދޯނި އަވަހަށް ތިލަފުށީ ފަޅުން ނެރެފައެވެ.
އެމްއެންޑީއެފުން ބުނީ ދޯނި މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ.