ads
ބާސެލޯނާ އާއި މަޔޯކާ ބައްދަލުކުރި މެޗުގެ ތެރެއިން
ބާސެލޯނާއާއި މަޔޯކާ އެއްވަރުވެއްޖެ
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި މަޔޯކާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ މަޔޯކާއިންނެވެ. ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި އެންޓޮނިއޯ ސަންޗޭޒްގެ އެހީތެރިކަމާއެކު މަޔޯކާއަށް ލީޑު ނަގައިދިނީ ވެޑާޓް މުރީކީއެވެ. އޭގެ ފަހުން ބާސެލޯނާއަށް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުވިއެވެ. 

އިދިކޮޅު ގޯލަށް ނުރައްކާކޮށް، ބާސެލޯނާއިން ވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަފީނިއާއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ލަނޑުޖަހާ އެބްޑަން ވަނީ މަޔޯކާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. 

މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ބާސެލޯނާއިން ޖެހީ ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައެވެ. އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފާމިން ލޮޕޭޒްއެވެ. 

މި ނަތީޖާއާއެކު ބާސެލޯނާއިން ތާވަލުގެ އެއްވަނާގައި އޮތީ 17 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ޖިރޯނާއަށް އެއް މެޗު މަދުން ކުޅެގެން ލިބެނީ 16 ޕޮއިންޓެވެ. މެޗުން ބަލިވި މަޔޯކާ އޮތީ ތާވަލުގެ 15 ވަނާގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް