
ބޫޓާންއާ ޕާކިސްތާނު މިއަދު ކުޅުނު މެޗުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖަހައިގެން ޕާކިސްތާނު މޮޅުވީ ފަސް ލަނޑު ހަ ލަނޑުންނެވެ. އެއާއެކު މުބާރާތުގެ ފައިނަލުން ޕާކިސްތާނަށް ފުރުސަތު ލިބުނީއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނު ހިމެނުނީ ރާއްޖެއާއެކު އެއް ގްރޫޕެއްގައެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ ނޭޕާލެވެ. ރާއްޖެއާ އެއް ގްރޫޕެއްގައި ޕާކިސްތާނު ހިމެނުނު އިރު ރާއްޖެއާ ޕާކިސްތާނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ. ޕާކިސްތާނާ ނޭޕާލް މެޗުން ޕާކިސްތާނު މޮޅުވެ، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައެވެ. އެ ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ހޯދީ ރާއްޖެ ބަލިކޮށް ނޭޕާލެވެ.
ސާފް 19 އަހަރުން ދަށުގެ ފައިނަލްގައި ޕާކިސްތާނާ ކުޅޭނެ ޓީމެއް އިނގޭނީ މިހާރު ކުޅެމުންދާ ސެމީ ފައިނަލްގެ ދެވަނަ މެޗުންނެވެ. ސެމީގެ ދެވަނަ މެޗުަގއި ކުޅެނީ ނޭޕާލާ އިންޑިޔާއެވެ.