ads
ޑރ މުއިއްޒު މަަރަދޫގަ
އައްޑޫއިން 1،000 ވަޒީފާ އުފައްދާނަން: ޑރ. މުއިއްޒު
އައްޑޫ ސިޓީން 1،000 ވަޒީފާ އުފައްދަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޓރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ އައްޑޫގަ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ވަޒީފާތަކެއް އުފައްދަވާނެކަމަށެވެ. 

މިއަދު ހެނދުނު އައްޑޫ ސިޓީގަ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އައްޑޫގަ 6،500 ޓޫރިސްޓު އެނދު ގާއިމް ކުރައްވާނެކަމަށެވެ. 

އައްޑޫގަ ތިބެގެން އެ ސިޓީގެ ރައްޔިތުންނަށް އާމްދަނީގެ ފުރުސަތު ހޯދައިދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

"ޓޫރިޒަމްގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި އުފެއްދުންތެރިކަމުގެ ދާއިރާތަކުން އެ ފުރުސަތު ހޯދައި ދޭނަން. އައްޑޫ ރައްޔިޔުން ބޭނުންވާ ގޮތަށް މި ސަރަަހައްދު ތަރައްގީ ނުކުރެވުނު. ތިބޭފުޅުންގެ އުންމީދުތަކުގަ އަޅުގަނޑުގެ ސަރުކާރެއްގަ ކުލަ ޖައްސައިދޭނަން،"

މުއިއްޒު މިއަދު އައްޑުއަށް ވަޑައިގެންފަވާއިރު، އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ގެންދަވަނީ އައްޑޫއަށް ކެމްޕޭނު ދަތުރުފުޅެއް ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް