ads
ޓްރެފިކް ފުލުހުން ސްޕީޑު ގަން ބޭނުންކުރަނީ:
ޓްރެފިކް ޖޫރިމަނާ މާފުކޮށްދިނުމަށް އެދި 500 އަށްވުރެ ގިނަ މީހުން
ޓްރެފިކް ޖޫރިމަނާ ކުރަން ސަރުކާރިން ހިންގާ ޓްރެއިނިން ޕްރޮގްރާމަށް 500 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގަ މިއަށްވުރެ ގިނަ މީހުން ކުރިމަތިލާނެކަމަށް ބެލެވޭކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދަޅުވެފަ ވަނީ ޓްރެފިކް ޖޫރިމަނާ މާފުކޮށްދިނުމަކީ ގާނޫނަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށްޓަކައި ކޮށްދެއްވިކަމެއްކަމަށެވެ. އަދި ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުންކޮށްދެއްވިކަމެއްކަމަށެވެ.

މިގޮތުން މި ޓްރެއިނިން ޕްރޮގްރާމަކީ ފުލުހުން ފަރުމާކޮށްގެން ހިންގާ ޕްރޮގްރާމަކަށާއި، ޕްރޮގްރާމްގެ ދިގުމިނަކީ 20 ގަޑިއިރު ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްރޮގްރާމުގަ ބައިވެރިވެވޭނީ ޓްރާންސް ޕޯޓު މިނިސްޓްރީ މެދުވެރިކޮށެވެ. އަދި ޕްރޮގްރާމްގަ ބައިވެރިވާ މީހުންނަށް ޕްރޮގްރާމްގެ ޝެޑިއުލް ހިއްސާކުރާނެއެވެ.

ރައީސް އޮފީހުން މީގެ ކުރިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދުން ޕާކު ކުރާނެ ޖާގަ ނެތް ނަމަވެސް ޖޫރިމަނާ ކުރަމުން ދާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. 

"އެއީ ރައީސްއަށް ވެސް ގަބޫލު ކުރެވޭ ޝަކުވާއެއް. ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ނިންމެވީ،" -ރައީސް އޮފީސް-

މީގެއިތުރުން ޓްރެފިކާ ގުޅުންހުރި ޖޫރިމަނާތައް ދެއްކުމަށް ލުއިގޮތެއްވެސް ރައީސް ސޯލިހު މިއަދު ވަނީ ނިންމަވާފައެވެ.

މި ލުއިތަކާއި ޓްރެއިނިން ޕްރޮގްރާމާއެކު ޓްރެފިކް ވައިލޭޝަންތައް ތަކުރާރުވާ މިންވަރު މަދުކުރެވޭނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.  

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖެހުމަކީ ރައީސް ސޯލިހު ވެލައްވާފައިވާ ވައުދެކެވެ. މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަަށް ގިނައަދަދެއްގެ ޕާކިން ޒޯންވެސް ފާއިތުވީ ފަސް އަހަރު ދުވަހު ގާއިމް ކުރިއެވެ. ނަމަވެސް ވެހިކަލްގެ އާބާދީ ކޮންޓްްރޯލް ނުވާތީ ޕާކުކުރާނެ ޖާގަ މާލޭގައި އެކަށީގެންވާ މިންވަރަކަށް އަދިވެސް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް