އެ ގަބުރުސްތާނަށް ބަޔަކު ގެއްލުން ދީފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، ހުކުރު ވަގުތުއެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ މަޝްރޫޢުގެ ޓީމުގެ ފަރާތުން ސ.މީދޫ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ދީފައިވާ ގެއްލުންތައް ޑޮކިއުމަންޓްކޮށް އެ ގާތަށް މަރާމާތުކުރުމުގައި އެހީތެރިވުމުގެ ގޮތުން އެ ސަރަޙައްދަށް ޒިޔާރަތްކޮށްފައިވާކަމަށެވެ.
އައްޑޫ ސިޓީގެ މީދޫއިން ސީއެންއެމްއާއި ވާހަކަދެއްކެވި ފަރާތުން ބުނެފައިވަނީ، އެތަނަށް ބަޔަކު ވަދެ ގެއްލުންތަކެއް ދިންކަމަށް ބެލެވޭއިރު، މިއަދުގެ ހުކުރުގަޑީގައި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސްފަރާތަކުން ނެތްކަމަށެވެ.
އެ ގަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.