ads
ރިޔާސީ އިންތިހާބު 2023: ފޮޓޯ ފުލުހުން
އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަށް ފުލުހުން ރަށްރަށް ފުރަން ފަށައިފި
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ފުލުހުންގެ ޓީމުތައް ރަށްރަށަށް ފުރަން ފަށައިފިއެވެ.

މިގޮތުން ބުދަ ދުވަހު ފުރާފަ ވަނީ ރާއްޖޭގެ އުތުރު އަދި ދެކުނުގެ ރަށްރަށް ފޮނުވާ ފުލުހުންނެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޓީމުތަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ ހަރަކާތްތެރިވާނެއެވެ.

މީގެއިތުރުން އެމަޖަންސީ ހަލަތެއްގަ ރަށްރަށް ފޮނުވާނެ ފުލުހުންގެ ޓީމުތައް ވެސް ވަނީ އެކުލަވާލާފައެވެ. 

"ރިޔާސީ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގަ. އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފަ،" ފުލުހުން މިއަދު ބުންޏެވެ. 

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރުއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް