އޭޝިއަން ގޭމްސް ކުރިއަށްދަނީ ޗައިނާގެ ހަންގްޖޯގައެވެ. މިއީ 19 ވަނަ އޭޝިއަން ގޭމްސްއެވެ. އަދި މިއީ، އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިން ގަދަ 16 ބުރުގެ ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.
މިއަދު ހަވީރު ކުޅުނު މިކްސް ޑަބަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގެ މެޗުގައި ރަފާ އާއި މުންސިފްގެ ޕެއާ ވާދަކޮށްފައިވަނީ ޕާކިސްތާނުގެ ހައިޤާ ހަސަން އާއި މުޙައްމަދު ޝާހް ޚާންގެ ޕެއާއާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ރަފާ އާއި މުންސިފްގެ ޕެއާ ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ. އެއީ 11-5 ، 11-7 ، 16-14 ، -7 އަދި 11-9 އިންނެވެ.