ads
ބައްސާމް
އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ކޯޓު ހުކުމެއް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން، ވެލިގާ ހާޑްވެއާއިން ހޯދާފައިވާ މުދަލަށް ފައިސާ ނުދައްކައިގެން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
Advertisement

ހޯމަ ދުވަހު، ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެފްއޭއެމުން ވެލިގާއިން ނަގާފައިވާ މުދަލަށްވާ 171،850.10 ރުފިޔާ ދެއްކުމަށެވެ. މި ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ވެލިގާ ހާޑްވެއާއިން އެދިފައިވަނީ އެ ފައިސާ އެއްފަހަރާ އެފްއޭއެމްގެ ކިބައިން ހޯދުމަށެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން ނިންމީ، އެއް އަހަރު ތެރޭ ބަހާލައިގެން ކޮންމެ މަހަކު ވަކިވަރެއް ދެއްކުމަށެވެ. ހުކުމްގައި ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު 25 ގެ ނިޔަލަށް ކޮންމެ މަހަކު މަދުވެގެން 14،729.71ރ. ކޯޓަށް ދެއްކުމަށެވެ. މި ފައިސާގެ އިތުރުން، ޝަރީއަތުގެ ހަރަދަށް  5،000ރ. އެފްއޭއެމުން ނަގައިދޭންވެސް ކޯޓުން ހުކުމް ކުރިއެވެ.

އެފްއޭއެމުން ޝަރީއަތުގައި ބުނީ ވެލިގާއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި އޮތީ އެ އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް އަމިއްލަ ކުންފުންޏަކަށް ދެ ލައްކަ ޑޮލަރު ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް ކުރިއެވެ. އެހެންނަމަވެސް އެ ހުކުމާ އެއް ގޮތަށް އެފްއޭއެމުން އެ ފައިސާ ދައްކާފައެއް ނުވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް