ads
ރައީސް އޮފީސް
އާދިއްތަ ދުވަސް ސަރުކާރު ބަންދުކޮށްފި
އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވެހެއްގެ ގޮތުގަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގަ ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވާތީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއާއި، އެ ދުވަހާ ގުޅިގެން، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމަށެވެ.

މިމަހު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބަށްފަހުވެސް މި މަހުގެ 10 އަދި 11 ވަނަ ދުވަސް ވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ ހަމަ މި ސަބަބުތަކަށްޓަކައި ބަންދުކުރައްވާފައެވެ. 

މިމަހު 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ ވާދަ ކުރައްވަނީ އެމްޑީޕީގެ ކެނޑިޓޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް