ads
ހުސައިން ޝިފާއު
ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓައިފި
ސައްހަ ނޫން ޓީޓީ ހައްދައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ދައުވާކޮށްފައިވާ މއ. ހަނީސަކްލް، ހުސައިން ޝިފާއު, ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
Advertisement

އޭނާ ރާއްޖެ އައީ ފިލައިގެން އުޅުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ. 

ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދި މައްސަލާގައި ހައްޔަރުކޮށްފައި ހުރުމަށް ފަހު، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި ހުސައިން ޝިފާއު ދޫކޮށްލުމުން އޭނާ ފިލާފައިވަނީ މޭ މަހުގެ ތެރޭގައެވެ. 

ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓީޓީ ހެދި މައްސަލާގައި ހައްޔަރުކޮށްފައި ހުރުމަށް ފަހު، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި ހުސައިން ޝިފާއު ފިލައިފިގެންވަނީ ރާއްޖޭން ބޭރަށް ގޮސްފައެވެ. 

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މޭ މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ ރާއްޖޭން ބޭރަށް ދިޔައީ މޭ 29 ގައެވެ.

ޝިފާއު ރާއްޖޭން ބޭރަށް ދިޔަކަން އެނގުނީ، އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަ ހައިކޯޓުން މިއަދުވަނީ ޝިފާއު އުޅޭ ތަނެއް ނޭގޭތީ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި ޕީޖީ އޮފީހަށް އެކަން އަންގާފައެވެ.

ހުސެއިން ޝިފާއުއަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެގެން ކުރިން ފުލުހުން އިއުލާންވެސް ކޮށްފައިވާ މީހެކެވެ. 2021 ވަނަ އަހަރު ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފައިވެއެވެ. މިމައްސަލާގައި އޭނާގެ މައްޗަށް ޕީޖީން ވަނީ ބޮޑެތި ދައުވާތަކެއް ވެސް އުފުލާފައެވެ. އޭނާ ދޫކޮށްލީ މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް