ads
އެމްއެންޔޫއިން ކުރިއަށް ގެންދާ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ:އެމްއެންޔޫ
ތައުލީމީ ހިދުމަތްތަކުގެ އަގު އުފުލުނަސް ޖުމްލަ އިންފްލޭޝަން އެއްވަރެއްގައި
މިދިޔަ އޮގަސްޓް މަހު މުދަލާ ހިދުމަތުގެ އަގުތަކުން އުފުލިފައިވަނީ ތައުލީމީ ހިދުމަތްތަކުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

އެމްބީއެސްއިން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ތަކެތީގެ އަގުތައް ވަނީ 0.20 އިންސައްތަ މައްޗަށް ޖެހިފައެވެ. ޖުލައި މަހު އިންފްލޭޝަން ހުރީ 0.06 އިންސައްތައިގައެވެ.

މިދިޔަ މަހުގެ ތެރޭގައި ގިނަ ބާވަތްތަކުން އަގުތައް އުފުލުނު ނަމަވެސް އަހަރުން އަހަރަށް ހިސާބުކުރާއިރު، އިންފްލޭޝަން ހުރީ 2.35 އިންސައްތައިގައެވެ. މިއީ މި އަހަރުގެ ޖުލައި މަހު އިންފްލޭޝަން ހުރި 2.38 އިންސައްތައަށް ވުރެ ކުޑަ އަދަދަކެވެ.

އޮގަސްޓް މަހު ތައުލީމީ ހިދުމަތްތަކުގެ އަގު ބޮޑުވެފައިވަނީ މަތީ ސާނަވީ ތައުލީމުގެ އަގު 6.61 އިންސައްތަ، ގުރުއާން ކުލާސްތަކުގެ އަގު 3.43 އިންސައްތަ އަދި ޕްރައިމަރީ ސްކޫލު ފީގެ އަގު 1.59 އިންސައްތަ އުފުލުމުގެ ސަބަބުން ކަމަށް ސީޕީއައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މަތީ ސާނަވީ ތައުލީމުގެ އަގުގެ އިތުރުން އޮގަސްޓް މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަރަންޓުގެ ހިދުމަތުންނާއި ތަރުކާރީގެ ބާވަތްތަކުންނެވެ. ކަރަންޓުގެ ހިދުމަތުން 1.45 އިންސައްތަ އުފުލިފައިވާއިރު ތަރުކާރީގެ ބާވަތްތަކުން 1.55 އިންސައްތަ ވަނީ އިތުރުވެފައެވެ. އޭގެ އިތުރުން ފަރުނީޗަރާއި ގޭތެރެ ޒީނަތްތެރި ކުރާ ސާމާނުން 3.10 އިންސައްތަ، އައުޓް ޕޭޝަންޓް ކެއާ ސާވިސަސްއިން 1.56 އިންސައްތަ އަދި ކާނާގެ އުފެއްދުންތަކުން 1.71 އިންސައްތަ ވަނީ އުފުލިފައެވެ.

އޮގަސްޓް މަހު އަގުތައް އެންމެ ބޮޑަށް ވެއްޓިފައި ވަނީ މޯބައިލް ކޮމިއުނިކޭޝަން ސާވިސަސްއިންނާއި މޭވާ އަދި ވައިގެ ދަތުރުފަތުރުތަކުގެ ހިދުމަތްތަކުންނެވެ. މޯބައިލް ކޮމިއުނިކޭޝަން ސާވިސަސް އަގުތަކުން 4.66 އިންސައްތަ، މޭވާގެ އަގުތަކުން 0.25 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި ވައިގެ ދަތުރުފަތުރުތަކުގެ ހިދުމަތްތަކުގެ އަގުން 0.37 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް