ads
ކޮސްމެޓިކްސްގެ ގޮތުގައި އެތެރެކުރި މަސްތުވާ ސާމާނު ފައިލް ފޮޓޯ:
ދުބާއީން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
Advertisement

މިތަކެތި އެތެރެކުރަން އުޅުނީ މިމަހު 18 ވަނަ ދުވަހު އެއާކާގޯ މެދުވެރިކޮށް ދުބާއީންނެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.030 ކިލޯ ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 5,024,410.00 ރުފިޔާއަށް އަރައެވެ.

މިގޮތުން މިތަކެތި ފެނުނީ އެއާކާގޯ ޝިޕްމަންޓެއްގަ މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އެ ޝިޕްމަންޓު އިތުރަށް ބަލާ ފާސްކުރުމުންނެވެ. 

ހަތް ޕެކޭޖެއް ޝިޕްމަންޓުތެރެއިން ފެނުނެވެ. ދެ ޕެކޭޖުގަ ހުރި މުދަލުގެ ތެރެއިން މަސްތުވާތެކި ކަމަށް ބެލެވޭ ކުނޑިތަކެއް ވެސް ފެނުނެވެ.

އެތަކެތި ކަސްޓަމްސް އިން ޗެކްކުރިއިރު ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމުން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް