ads
މަރަދޫފޭދޫ
އައްޑޫގަ 81 އަހަރު މީހަކު ބަނދެ، ފޭރުނު 50 އަަހަރު މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ މަރަދޫގައި އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ދިރިއުޅޭ ގެއަކަށް ވަދެ އޭނާ ބަނުމަށްފަހު އޭނާ ފޭރުނު މައްސަލައިގަ 50 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަސް ފުލުހުން ބުނެފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:12 ހާއިރުއެވެ. 

އޭނާ ބަނދެފައިވަނިކޮށް ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ތެރެގަ އެނާގެ އަތުގެ މުލައްދަނޑިއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަކަމަށް ފުލުހުން ބުނެއެވެ. 

އޭނާއަށް އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުގަ އަންނަނީ ފަރުވާ ދެމުންނެވެ. 

މި މައްސަލައާ ގުޅިގެން 50 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް