
ރޭ އައްޑޫ ސިޓީ މީދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާ ރައްޔިތުންނަށް ވެފައިވާ ވައުދުތަކަކީ "މާސްޓާ ޕްލޭންއެއް" ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިސާދު ކޮޅަށް ޖަހަން ބޭނުންކުރައްވާނެ ހުރިހާ ފޯމިއުލާއަކާ ގުޅޭ ވައުދުތައް މިހާރު ވެލައްވާނިންމަވާފަވާކަމަށެވެ. ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ހިނގާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކުރާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ސިޔާސީ މަގާމުތައް ނޫން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރައްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އައްޑޫ ސިޓީން 1،000 ވަޒީފާ އުފައްދަވާނެކަމަށް މުއިއްޒު ވަނީ ވައުދުވެލައްވާފައެވެ. މުއިއްޒު ވިދާޅުވީ އޭނާ އައްޑޫގަ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ވަޒީފާތަކެއް އުފައްދަވާނެކަމަށެވެ. އައްޑޫގަ 6،500 ޓޫރިސްޓު އެނދު ގާއިމް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫގަ ތިބެގެން އެ ސިޓީގެ ރައްޔިތުންނަށް އާމްދަނީގެ ފުރުސަތު ހޯދައިދެއްވާނެކަމަށް ވެސް މުއިއްޒު ވައުދުވެލެއްވިއެވެ.