ads
އެމްޑަބްލިއުއެސްސީން ކަމަދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރުން - ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން ކަމަދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްފި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފިއެވެ.
Advertisement

ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ކަމަދޫ ކައުންސިލްގެ އިސްވެރިންނާއި އެ ކުންފުނީގެ މެނޭޖްމަންޓް ޓީމް އާއި ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކަމަދޫގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީވެސް ވަނީ ބަހައްޓާފައި ކަމަށެވެ.

ކަމަދޫގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދެވިފައި ކަމުގައެވެ. އޭގެ އިތުރުން، މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. 

ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 56.66 މިލިއަން ރުފިޔާއެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް