
މުއިއްޒު މިއަދު އެމްޕީއެސް ސަރަހައްދަށް ވަނީ ވަޑައިގެން ވަނީ އެ ސަރަަހައްދުގަ މަސައްކަތްކުރާ މީހުންނާ ބައްދަލުކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ މުވައްޒަފުންނަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކޮށްދީ މަސައްކަތުގެ މާހައުލަށް ގެނެސް ދޭން ޖެހޭ ހެޔޮ ބަދަލު ގެނެސް ކަމަށެވެ. މީގެ އިތުރުން އިގްތިސާދު ވަރުގަދަކޮށް، އާމްދަނީ އިތުރުވާ މިންވަރަކުން މިހާރަށް ވުރެއް ރަނގަޅު އާމްދަނީއެއް ހޯދަވާ ދެއްވަނެކަަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން އެކިއެކި ސިނާއަތްތަކުގައި އާއި ކުންފުނިތަކާއި އަދި އޮފީސްތަކުގައި މަސައްކަތް ކުރެވޭނެ ޖާގަ ހޯދައިދީ، އަމިއްލަ ވިޔަފާރި ކުރިއެރުވުމާއި، އަމިއްލަ މަސައްކަތުން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދީ ރައްޔިތުންނަކީ އަމިއްލަ ފައި މައްޗައް ތެދުވެވޭނެ ބަޔަކަށް، ރައްޔިތުން ހަދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސަރަހައްދަށް ފަހު، މުއިއްޒު ދެން ވަޑައިގަތީ، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށެވެ. އެ ދެ ތަނުގައި ތިބި މީހުންނާ ވެސް މުއިއްޒު ބައްދަލު ކުރެއްވިއެވެ.