ads
އޮޕަރޭޝަނެއްގައި ފުލުހުން އަތުލާފައިވާ މަސްތުވާ ތަކެތި
ފަސް މިލިއަން ރުފިޔާގެ ޑްރަގްސް މައްސަލައިގަ ހަތަރު މީހަކު ހައްޔަރު
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދެ ބިދޭސީންނާއި ދެ ދިވެހިންނެވެ. ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ ބަންގްލަދޭޝް މީހުންނެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކުންނެވެ. އެ ޝިޕްމަންޓް ފާސް ކުރިއިރު އޭގެ ތެރޭގައި ހުރި ދެ ޕެކޭޖުގެ ތެރެއިން ހަތަރު ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެ ފޮށިގަނޑުތަކާ ހަވާލުވާން ދިޔަ މީހުންނެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ކުރިން އިތުރުކޮށް ދިނެވެ. އަދި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް