
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އިންތިހާބުގެ ދެ ވަނަ ބުރުގައި 187 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މިދިޔަ ބުރުގަ ބެހެއްޓި އަދަދަށްވުރެ 11 ފޮށި އިތުރު އަދަދެކެވެ. އަދި ރާއްޖެއިން ބޭރުގެ ފުރަތަމަ ބުރަށްވުރެ އިތުރަށް 1 ފޮށި ބެހެއްޓުމަށް ވަނީ އިލެކްޝަނުން ނިންމާފައެވެ.
ފުރަތަމަ ބުރުގަ ވޯޓުލީ އަދަދަށްވުރެ 409 މީހުން މި އިންތިހާބުގަ އިތުރަށް ވޯޓުލާނެއެވެ. އެއީ ފުރަތަމަ ބުރާއި ދެ ވަނަ ބުރާއި ދެމެދުގަ 18 އަހަރު ފުރުނު ކުދިންނެވެ. ދެވަނަ ބުރުގަ 282804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަނުގެ ތަފާސް ހިސާބުން ދައްކައެވެ.
އަތޮޅުތަކާއި ރިސޯޓްތައް އަދި ޖަލުތަކާއި ސިނާއީ ރަށްތަކުގައި ބަހައްޓާ ވޮޓު ފޮށީގެ އަދަދަށް ބަދަލު އައިސްފައެއް ނުވެއެވެ.
އަތޮޅުތަކުގައި 319 ވޯޓު ފޮށި، ރިސޯޓްތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ރަށެއްގައި 1 ވޯޓު ފޮށި ބަހައްޓައެވެ.
އޮބްޒާވަރުންގެ ޢަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ފުރަތަމަ ބުރުގަ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހިމެނޭހެން މަސައްކަތްކުރީ 9071 މީހުންނެވެ. ނަމަވެސް ދެ ވަނަ ބުރުގަ 12083 މީހުން މަސައްކަތް ކުރާނެކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން ބޭރުން ބައިވެރިވާ ބޭރުގެ އިސް ބޭފުޅުންނާއި އޮބްޒާވަރުންގެ އަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އިންތިހާބުގެ ފުރަތަަމަ ބުރުގައި 165 މީހުން ބައިވެރިވިވިއެވެ. ދެ ވަނަ ބުރުގައި ބައިވެރިވާނީ 98 މީހުންނެވެ.