
ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯއާ މެސީގެ ކުރިމަތިލުމަކީ، އެ ދެ ކުޅުންތެރިން މިހާރު ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލްނަސްރާ، އެމެރިކާގެ އިންޓަމިޔާމީގެ މެދުގައި ކުޅެވޭ ފްރެންޑްލީ މެޗެކެވެ
ރިޕޯޓްތައް ބުނާ ގޮތުން އަލްނަސްރާ، އިންޓަމިޔާމީގެ ފްރެންޑްލީ މެޗު އޮންނަނީ އަންނަ ޖަނަވަރީ މަހު ޗައިނާގައެވެ. މި މެޗު ކުޅުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން ދިޔަނަމަވެސް އަދި މިހާތަނަށް މެޗު ކުޅޭނެ ކަމެއް އެއްކޮށް ފައިނަލެއް ނުވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ އިންޓަނޭޝަނަލް މާކެޓިން ފާމަކުން އަންނަނީ މި މެޗު އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފަހަރުގައި މި މެޗަކީ މި ދެ ކުޅުންތެރިން އެކަކު އަނެކަކާ ވާދަކުރާ ފަހު މެޗަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މި ދެ ކުޅުންތެރިން އެންމެ ފަހުން އެކަކު އަނެކަކާ ދެކޮޅަށް ކުޅެފައިވަނީ ޕީއެސްޖީއާ އަލްނަސްރު ސައުދީ އަރަބިއްޔާގައި ކުޅުނު ފްރެންޑްލީ މެޗެއްގައެވެ.