ads
ސޯސަން ޖަގަހައިގައި ބާއްވަމުންދާ ޖަގަހަ ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ: ވިދާޅުވީ ޑރ. މުއިއްޒު ހޮވިއްޖެ ނަމަ، މާލޭ މީހުން ދިރިއުޅެން ޖެހޭނީ ފުށިދިއްގަރު ފަޅުގައި ކަމަށް - ފޮޓޯ:އެމްޑީޕީ
"މުއިއްޒު ހޮވިއްޖެ ނަމަ، މާލޭ މީހުން ދިރިއުޅެން ޖެހޭނީ ފުށިދިއްގަރު ފަޅުގައި"
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފި ނަމަ މާލޭ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ގޯތިތައް ފުށިދިއްގަރު ފަޅަށް ބަދަލު ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީ އާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހައިގައި ބާއްވަމުންދާ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މާލޭ ރައްޔިތުންނަށް މިހާރު ގޯތި ދީފައިިވާ ތަންތަނަކީ ގޯތި ދިނުމަށް ކަމުދާ ތަންތަން ނޫން ކަމަށް ޕީޕީއެމުން ބުނަމުން ގެންދާ ކަމަށެވެ. ޕީޕީއެމުން ބުނަމުން އަންނަނީ މާލޭ ރައްޔިތުން ދިރިއުޅެންވީ ވާދޫކަނޑު ހުރަސްކޮށް އޮތް "މާދިއްގަރު" (ފުށިދިއްގަރު) ފަޅުގައި ހިއްކާ ތަނެެއްގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވެފައިވަނީ ޑރ. މުއިއްޒަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގުޅިފަޅުގައި ފްލެޓު އަޅާފައި ފްލެޓު ދިން މީހުންގެ އަތުން އެ ތަންތަން އަތުލި ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމަށެވެ. އޭނާގެ ވާހަކަގައި މާލޭގެ ރައްޔިތުންނަށް މިހާރު ދޫކޮށްފައިވާ ގޯތިތައް ޑރ. މުއިއްޒު އަތުނުލައްވާނެ ކަމަށް ނުވިސްނަންވީ ސަބަބެއްގެ ގޮތުގައި ދެއްކެވީ ގުޅިފަޅަށް އޭރުވީ ވީގޮތެވެ.

"(ގޯތިތައް) އަތުލާނެ ކަމަށް ޔަގީން ކުރައްވާ. އެބޭފުޅުން ވަޑައިގެންފިއްޔާ ތިޔަ ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ މި ވާދޫކަނޑު ހުރަސްކޮށްފައި އޭގެ އެކޮޅުމަތީގައި،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި ގޯތިތައް އޮންނާނެކަން ކަށަވަރުކުރެވޭނީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވައި އެމަނިކުފާނު އިންތިހާބު ވެގެން ކަމުގައެވެ.

އިންތިހާބަށް ކުޑަތަންވެފައިވާއިރު އިންތިހާބުގައި ވޯޓްލުމަށް ވީހާ ގިނަ ބަޔަކު ނިކުތުމަށް ދެ ޕާޓީންނާއި އީސީން ވެސް ދަނީ ގޮވާލަމުންނެވެ. މި އިންތިހާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް