
ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވަން މަސައްކަތް ކުރާ ޒުވާނުންނާ އެކު ބުރާސްފަތި ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ގޯތިގެދޮރު ދެއްވުމަށް އިއުލާނުކުރައްވާފައިވާ ސިޔާސަތުގެ ދަށުން ކައިވެނި ނުކޮށް ތިބި ޒުވާނުންނަށްވެސް ގޯތިގެދޮރު ދެއްވާނޭ ކަމަށެވެ.
ގެއާއި ފްލެޓަށް ހުށަހެޅުމުން ޕޮއިންޓް ދިނުމުގައި ދަރިން ތިބިތޯ އާއި މީހަކާ އިނދެގެން އުޅޭތޯ ބަލާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ސިޔާސަތަކީ 18 އަހަރުވާ ހިސާބުން މީހަކާ އަދި ނީނަސް ފުރަތަމަ ދުވަހުން ފެށިގެން އަމިއްލަ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކުއްޖަކާ އެކީ ހިއްސާކުރާ ގޮތަށް ނުވަތަ ވަޒީފާއެއް ނެތަސް، އަލަށް 18 އަހަރު ފުރޭ ކުދިންނަށް ލިބޭ ބޯހިޔާވަހިކަން ވަރަށް ހެޔޮއަގުގައި ފޯރުކޮށްދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މާލޭގައި ކުދިން އުޅެމުންދާ ގޮތް ފެނިވަޑައިގަންނަވާ ކަމަށާއި ޑިއުޓީ ބަހައިގެން ކުޑަކުޑަ ތަންކޮޅެއްގައި ނިދާ ކުދިން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ވަރަށް ގިނަ ގޭގެއަށް ދެވިއްޖެ ކަމަށާއި ރައްޔިތުން އުޅެމުން ދަނީ ވަރަށް ނިކަމެތިކޮށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެފަދަ ހަރަކާތްތަކުގައި ބައިވެރިވާން ތައްޔާރުވެގެން ޒުވާނުން އައިސް ތިބި ނަމަވެސް އެކަމުގެ ފަހަތުގައި އެ ކުދިން އުޅެމުންދާ ގޮތް ވާނެ ކަމަށާއި ހެޔޮ އަގުގައި ގެދޮރުވެރިކަން ޒުވާންނަށް ފޯރުކޮށްދިނުމަކީ ބޭނުމެއް ކަމުގައެވެ. އޭގެ އިތުރުން ދިރިއުޅުމެއް ފެއްޓުމަށް ފުރުސަތުދީ އަމިއްލަ ފޯރުންތެރިކަން އަދި އަމިއްލަ ފުދުންތެރިކަން ލިބޭނެ ގޮތް ފޯރުކޮށްދިނުމަކީ ބޭނުންވާ ކަމެއް ކަމަށް ޑރ. މުއިއްޒު ފާހަގަކުރެއްްވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ހައުސިންނާއި ވަޒީފާ އަދި އަމިއްލަ ފުދުންތެރިކަން ލިބޭނެ ގޮތް ފޯރުކޮށްދިނުމުން ޒުވާނުންނަށް ކުރިއަރައިގެންދާން ފުރުސަތު ލިބޭނެ ކަމަށެވެ.