ads
ރައީސް ސޯލިހުގެ ކެމްޕޭނުގެ ތެރެއިން: ފޮޓޯ އުފާވެރި އަމާން ރާއްޖެ
ރާއްޖޭގަ އޮތް ނާމާކަން މުޅިން ނައްތާލެވިއްޖެ: ރައީސް ސޯލިހު
ދިވެހިރާއްޖޭގަ އޮތް ނާމާކަން ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގަ އެއްކޮށް ނައްތާލެވިފައިވާކަމަށް ރައީސުލް ޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ކެމްޕޭނު ނިންމުގެ ގޮތުން ރައްޔިތުންނަށް ދެއްވި އެންމެ ފަހު މެސެޖުގަ ވިދާޅުވީ، ރާއްޖެއަށް ހަމަޖެހުން ގެނެސްދެވިފައިވާކަމަށެވެ. 

"މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ކުރެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން. ގުޅިގެން ކުރި މަސައްކަތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގަ މުޅި ދުނިޔެ މިހާތަނަށް ދުވަހަކުވެސް ކުރިމަތިނުލާ ވަރުގެ އާލަމީ ވަބާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. 

"އިރާދަ ކުރެއްވީތީ އެކަމުންވެސް އަޅުގަނޑުމެންނަށް ވަނީ އަރައިގަނެވިފަ. އެއީވެސް ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން،"

ރައީސް ވިދާޅުވީ އަނެއްކާވެސް ދިވެހިން މިތިބީ ދިވެހިންގެ މުސްތަގުބަލާމެދު ގޮތެއް ނިންމުމަށްކަމަށެވެ. 

"ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގަ. ވަކި ދާއިރާއެއް ބާކީ ނުކޮށް އަޅުގަނޑުމެންނަށް މިވަނީ ބުރަ މަސައްކަތްތަކެއް ކުރެވިފަ. މަސްވެރިކަމާ ޓޫރިޒަމާ ދަނޑުވެރިކަމާ ޓީޗަރުންނާ ސިއްހީ ދާއިރާގަ މަސައްކަތް ކުރާ ފަރާތްތަކާ އަދި މިނޫންވެސް އެތައް ސެކްޓާއެއްގަ މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް މިވަނީ ކުރެވިފަ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

 އެންމެ މުހިންމު ކަމަކީ ރާއްޖޭގަ ހަމަޖެހުން ގާއިމްކުރުން ކަމަށާ، އަނެއްކާވެސް ނިންމަން ޖެހިފަ މިއޮތީ މި ރާއްޖެ އަނެއްކާވެސް ހަމަނުޖެހުމާ ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ؟ ނޫނީ އެތައްބައެއްގެ ގުރުބާނީން ރާއްޖެއަށް ގެނެވުނު ބަދަލުތަކާއެކުގަ ޒުވާނުންނަށް މި ރާއްޖެ ފޯރުކޮށްދެވޭނެތޯ ނިންމަން އޮތް ނިންމުންކަމަށެވެ. 

"އަޅުގަނޑު މިއަދުގެ އެދުމަކީ ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން މާދަމާ ނުކުމެ ވަޑަޑައިގެން އަޅުގަނޑުމެން މި ރާއްޖެގެނައި އިސްލާހީ ހެޔޮބަދަލާ ހަމަޖެހުމާއެކީގަ ކުރިއަށް ދިއުމަށް އަޅުގަނޑުމެންނަށް ވޯޓު ދެއްވުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް