ads
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތީގެ ގުރުއަތު ނެގުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ދޫކުރަން ފަށައިފި
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ތެރެއިން ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވާ މީހުންގެ ގޯތި ކެނޑުމުގެ މަސައްކަތް ފަށައިފިއެވެ.

ގިރާވަރު ފަޅުން ހިއްކާފައިވާ ބިމުން މިއަދު ހެނދުނު ގޯތި ކެނޑުމަށްފަހު ބައެއް މީހުންނަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެފައި ވަނީ ގިރާވަރު ފަޅުން ގޯތި ދޫކުރާ މީހުންގެ ގޯތީގެ ރަޖިސްޓްރީ މިރޭ 8:00 އިން ފެށިގެން ދޫކުރުމަށް ފަށާނެ ކަމަށެވެ.

ގިރާވަރު ފަޅުން ގޯތި ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ ފަޅުން 169 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 5،433 ގޯއްޗަށް ގިރާވަރު ފަޅުން ބޭނުން ވަނީ 73 ހެކްޓަރުގެ ބިމެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 އިންސައްތަ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ 18،955 މީހުންނަށް 9،003 ގޯއްޗެވެ.

މީގެ ކުރިން އަކުރަމް ވިދާޅުވެފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ގިރާވަރު ފަޅުން ގޯތި ކަނޑައި، ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރާނެ ކަމުގައެވެ. 

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ އާއިި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލޭން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކުރަން ވަނީ ފަށާފައެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް