އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކުރިއަށް ގެންދިޔަ އެ ހާއްސަ ހަރަކާތަކީ ކިއުގައި ނުޖެހި، ލައިވް މިއުޒިކާ އެކު ހިތްގައިމު މާހައުލެއްގައި ފޯނާ ހަވާލުވުމުގެ ތަޖުރިބާއެއް އުފައްދައިދިން ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނީ ޕްރީއޯޑާ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާ ހަވާލުވުމަށް ނާދެވުނު ކަސްޓަމަރުންނަށް މޫލީއިން މިހާރު ވަނީ ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފައިވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާ އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެއެވެ.
މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑަކުރި ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާ އެކު 100ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ފޯނު ޕްރީ އޯޑަކުރި ފަރާތްތަކުން "Bonus100GB" ކީވޯޑާ ޖަހާފައި 5555 އަށް އެސްއެމްއެސް ކުރުމުން ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.