ads
އދ. މާމިގިނލީ
ނަތިއްޖާ ނެގެޓިވްވުމުން މާމިގިނލީ އައިލާ ދޫކޮށްލައިފި
އދ. މާމިގިނލީ މީހެއްގެ ގައިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން އޭނާ ދިރިއުޅެމުން އަންނަ ގޭގައި އުޅޭ އެންމެން ހޯމް އައިސޮލޭޝަނުގައި އިއްޔެ ބޭތިއްބިއިރު ނަތީޖާ ނެގެޓިވްވުމުން އެ އައިލާ ދޫކޮށްލައިފި އެވެ.

މާމިގިނލީ ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު ވޯކާ ސަމްސުލް ހިދާ މުހައްމަދު، ސީއެންއެމްއަށް ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނު މީހާގެ ސާމްޕަލް ނެގެޓިވްވިކަން އެޗްޕީއޭއިން އިއްޔެ ހަވީރު އަންގާފައިވާ ކަމަށާއި އެހެންކަމުން އެ އާއިލާ ހޯމް އައިސޮލޭޝަނުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަލާމަތް ފެނުނު މީހާ އެ ގޭގެ ވަކި ކޮޓަރިއެއްގައި 14 ދުވަސް ވަންދެން އެކަހެރި ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މާމިގިނލީ އާއިލާއެއް ހޯމް އައިސޮލޭޝަންގައި ބެހެއްޓީ އެ އައިލާގެ މީހަކު އިންޑިއާއަށް ދަތުުރުކުރުމުގެ އިތުރުން ވައިރަހަށް ޝައްކުކުރެވޭ އަލާމަތްތަކެެއް ފެނުމުގެ އިތުރުން އެމީހާ ހުން އައިސް ރޯގާ ޖެހިފައި ހުރުމުންނެވެ. 

އެ އާއިލާ ހޯމް އައިސޯލޭޝަންގައި ބެހެއްޓީ އިއްޔެ ރޭ 6:30 ހާއިރު އެވެ. އެގޮތުން އެ ސަރަަހައްދު ލޮކްޑައުންކޮށް ފުލުހުން ވެސް ހަރަކާތްތެރިވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް