
ޔުނައިޓެޑުގެ ޕްރެކްޓިހުގައި އެންތަނީ ބައިވެރިވުމަށް ހުރަހެއް ނެތް ކަމަށް އެ ކްލަބުންވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެންތަނީވަނީ އޭނާއަށް ކުރެވޭ ތުހުމަތާ ގުޅިގެން މެންޗެސްޓާ ސަރަހައްދުގެ ފުލުހުންނަށް މިހާރު ބަޔާންވެސް ދީފައެވެ.
އެންތަނީގެ ލޯބިވެރިޔާ، ގަބްރިއެލާ ކަވަޔީން ތުހުމަތުކުރާގޮތުގައި މެންޗެސްޓާ ސަރަހައްދުގެ ހޮޓަލެއްގެ ތެރެއިން އެންތަނީ ވަނީ ގަބްރިއެލާ އަށް ހަމަލާދީފަ އެވެ. ގަބްރިއެލާ ތުހުމަތުގައިވާ ގޮތުން މާރާމާރީ ހިންގުމުގެ އިތުރުން އޭނާ އަށް އެންތަނީ ވަނީ އިންޒާރު ވެސް ދީފަ އެވެ.
ގަބްރިއެލާގެ މި ތުހުމަތުތައް އަމާޒުވިއިރު، އެންތަނީ އޭރު ހުރީ ބްރެޒިލް ޓީމާ އެކު އެވެ. އެކަމަކު، މި މައްސަލަ ފެންމަތިވުމާ އެކު، ފުލުހުން ކަންކަން ތަހުގީގުކުރަން ފެށި ހިސާބުން ބްރެޒިލް ޓީމުން އޭނާ ސަސްޕެންޑް ކުރިއެވެ. އެންތަނީވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.