ads
އައިފޯން 15 އަށް ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ދިރާގުން ވަނީ ފޯނު ހަވާލުކުރަން ފަށާފައި - ފޮޓޯ:ދިރާގު
ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ދިރާގުން އައިފޯން 15 ހަވާލުކުރަން ފަށައިފި
އަލަށް ތައާރަފުކުރި އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފިއެވެ. 

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ބުނީ މި އެންމެފަހުގެ އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑަކުރުމަށް އެ ކުންފުނިން މިދިޔަ ހުކުރު ދުވަހު ހުޅުވާލުމާ އެކު ކުޑަހިނދުކޮޅެއްގެ ތެރޭގައި ސްޓޮކް ވަނީ ހުސްވެފައި ކަމަށެވެ. ކަސްޓަމަރުންގެ މި ހޫނު ތަރުހީބާ އެކު އާ ސްޓޮކް ލިބުމުން މި ހަފުތާގެ ތެރޭގައި އައިފޯން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ ޒަމާނީ އާ ފީޗާސްތަކާ އެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާ އެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުންވެސް ގަނެވޭނެ ކަމަށެވެ. މި އާ އައިފޯނު އެ ކުންފުނި މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް، މަހަކު 10ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ދަނީ އެންމެފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތް ކުރަމުން ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް