
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގަ ބުނީ ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބައިވެރިވެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އެ ޕާޓީގެ ހީވާގި ގައުމީ މަޖިލިސްގެ މެމްބަރުންނާއި އެ ޕާޓީގެ ލޮބުވެތި މެމްބަރުން ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ހިޔާލާ އެކު އެކުލަވާލާ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިގެންކަމަށެވެ.
ބަޔާނުގަ ބުނެފަ ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރާ ކޮންމެ އިންތިހާބެއްގައިވެސް ކެމްޕެއިންނަށް ކުރާ ހަރަދުތަކަކީ އެ އިންތިހާބަކާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ހަރަދުތަކެއްކަމަށެވެ.
މިކަން ކޮންމެ އިންތިހާބެއްނިމި ގާނޫނުގައި ބަޔާންކުރާ މުއްދަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުތަކުން ސާބިތުވާން ހުންނާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.