ads
ސިފްކޯހިޔާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލުން - ފޮޓޯ:އެމްއެންޑީއެފް
30 ފްލެޓް ލިބޭ މީހުންގެ ލިސްޓް ވާނީ ޖުލައިގައި އިއުލާންކޮށްފައި
ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓު ދޭނެ ފަރާތްތައް މިދިޔަ ޖުލައި މަހު ވަނީ އިއުލާނުކޮށްފައި ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނީ ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ގާތްވެފައިވަނިކޮށް ލިސްޓުގައި ހިމެނޭ 10 މީހަކަށް އެކަނި ދިނުމަށް ނިންމައިފި ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި މިދިޔަ ހުކުރު ދުވަހު ގެނެސްދީފައިވަނީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ.  

ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓު ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ ރިޔާސީ އިންތިހާބުގެ މާކުރިން މި ފްލެޓުތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލެވުނު ކޮމިޓީގެ ރިކޮމެންޑޭޝަންތަކާ އެެއްގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މި ފަރާތްތަކަށް ލިބިފައިވާ މާކްސްތަކާ އެކު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ސިފައިންގެ މަރުކަޒުތަކުގައި އިއުލާނުކުރެވިފައިވާ ކަމަށެވެ.

ގައުމީ ދިފާއީ ބާރުގެ އެކި ކަންކަމާ ގުޅުވައިގެން ކަންކަމުގެ ހަގީގަތް އޮޅުވާލައި، އެ މުއައްސަސާގެ ނަން ކިލަނބުކޮށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ހުއްޓާލުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް