
400 އަށް ވުރެ ގިނަ ފޮށި ގުނިއިރު ނަތީޖާ ދައްކާގޮތުން %53 އިން ކުރީގަ އުޅުއްވަނީ ޑރ. މުއިއްޒު އެވެ.
ބައެއް ރިސޯޓުތަކުގެ ވޯޓު ގުނަން ފަށައިފި
ވާދޫގަ ވޯޓު ފޮށި ފަޅާލި މީހާ ބަންދުކޮށްފި
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ އިތުރަށް މި އިންތިހާބުގަ ވޯޓުލާން މީހުން ނުކުމެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ގއ ވާދޫގަ ވޯޓުފޮށި ފަޅާލައިފި
ވޯޓުލުމުގެ ވަގުތު 17:00 އަށް ހަމަވުމާއެކު ބައެއް ކިއުތައް ބަންދުކުރަން ފަށައިފި
ހަތިޔާރާއެކު ފުލުހުން މާލޭ މަގުތަކަށް ފޯރިމަރަން ނުކުމެއްޖެ
85% މަރުކަޒުގައި ވޯޓުލާން ކަނޑައެޅި ގަޑީގެ ތެރޭގައި ވޯޓުލާން ފެށި: ޓްރާންސްޕޭރަންސީ މޯލްޑިވްސް
މިއަދު މިހާތަނށް 200،000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާނުތަކުން ދައްކައިފިއެވެ.
އޮޑެގައްލާ ރެސްޓޯރަންޓު ސަރަހައްދުގަ އެސްއޯ ފުލުހުން ހަރަކާތްތެރިވެއްޖެއެވެ. ފުލުހުން އެ ސަރަހައްދުގަ ހަރަކާތްތެރިވާ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ސަރަަހައްދަކީ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށްވެސް ހަމަލާ ދިން ސަރަހައްދާ ކައިރި ސަރަހައްދެކެވެ.
އޮޑެގެއްލާ ރެސްޓޯރަންޓުގަ ފުލުހުން ހަރަކާތްތެރިވަނީ
މިއަދު މާލެތެރޭގަ ޖިނާއީ ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވަމުން އަންނަމިންވަރު އިތުރުކަމަށް ފުލުހުން ބުނެފިއެވެ.
ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި ވޯޓު ކަރުދާސް ދޫކުރާ މޭޒުން ވޯޓު ކަރުދާހުގައި ކުރެހުމުގެ ފުރުސަތެއްވެސް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީލަންކާގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލައްވައިފި.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޑީޕީ ޖަގަހައަށް ގޭންގެއް ފޮނުވައި އެތަނުގެ ވޯޓު ކަންތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބިރު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 60 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެއްޖެ
ފޭދޫ ދާއިރާގެ މެންބަރު މަވޯޓާ ޝަރީފް އަށްވެސް ބަޔަކު ހަމަލާ ދީފި
މައުލޫމާތު ލިބިފައިވާ ގޮތުގަ އެނާއަށް ހަމަލާ ދީފަ ވަނީ މެންހޭޓަން ހޮޓަލުގަ ހުއްޓަ
ރައްޔިތުންގެ މަޖިލީހުގަ އެމްޑީޕީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް މިއަދު ހަަމަލާދީ މާރާމާރީ ހިންގައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ މިއަދު 12:00 އާއި ހަމައަށް 126،000 މީހުން ވޯޓުލާ ނުކުމެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރައީސް ސޯލިހްގެ މަރަދޫ ދާއިރާގެ ކެމްޕެއިން އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާ، ދިދަ ފަތިތައް ކަނޑާލައިފި
ލ. ފޮނަދޫގަ ވޯޓު ކަރުދާހުގަ ކުރެހި މައްސަލަ ފެންމަތިވުމުން އެ ރަށުގަ އާ ފޮއްޓެއް ބަހައްޓައިގެން ވޯޓުލާން ފަށަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ނައިބު ރައީސް ފައިސަލް ވޯޓުލާން ވަޑައިގަންނަވައިފި
ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފި.
އެމީހުންގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފަކަމަށް ފުލުހުން ބުނޭ
ިރިޔާސީ އިންތިހާބުގެ ސަލަމަތީ ކަންކަން ފުލުހުން ބެލެހެއްޓުން: ފޮޓޯ ފުލުހުން
ލ. ފޮނަދޫގަ ވޯޓުލާން ދޫކުރި ކަރުދާހުގަ ކުރެހި އޮފިޝަލް މަސައްކަތުން ދުރުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ހެނދުނު 11 ޖެހިއިރު ތިރީސް ހަރު ޕަސަންޓު މީހުން ވޯޓުލާން ނުކުމެފަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީ ވޯޓު ލެއްވުން
އަހުމަދު އަދީބު ވޯޓުލައްވަނީ
ލ. ފޮނަދޫގަ ދޫކުރި ތިން ވޯޓު ކަރުދާސް ކޮޅެއްގަ ފާހަގަ ޖަހާފަ ހުރި ކަރުދާސް ދޫކުރިކަމަށް ބުނެ ބަޔަކު އެރަށު ތިން ނަންބަރު ވޯޓު ފޮށި ކައިރީގައި ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނާތީ އެ ރަށުގަ ވޯޓުލުން މެދުކަނޑާލައިފިއެވެ.
ވޯޓާ ގުޅޭ މައްސަލަތަކުގަ މިހާތަނަށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުުހުން ބުނެފި
ރައީސް ސޯލިހު ވޯޓުލައްވައިފިއެވެ.
ވޯޓުލެއްވުމަށްފަހު ރައީސް ވިދާޅުވީ އެމަނިކުފާނަށް ފެންނަނީ ގިނަބަޔަކު ވޯޓުލާން ނުކުންނަ މަންޒަރުކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގަ ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ގިނަބަޔަކު ވޯޓުލާން ނުނުކުތުންކަމަށާއި، ނަމަވެސް ގިނަބަޔަކު ވޯޓުލާން ނުކުންނަމަންޒަރު ފެނި ވަޑައިގަންނަވާކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރައްވާނެކަމަށެވެ. ނަމަވެސް ކިތައް ޕަސަންޓުކަމެއް މޮޅުވާނީ ދަންނަވަން ދަތިކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ މިހާތަނަށް 23 ޕަސަންޓު މީހުން ވޯޓުލާން ނުކުމެފަވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީން ދާދި ދެންމެއަކު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދަައްކާގޮތުން، މިހާތަނަށް 65،600 މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ. އެއީ 9.65 ޕަސަންޓު އަންހެނުންނާއި، 13.55 ޕަަސަންޓު ފިރިހެނުންނެވެ.
މިހާތަނަށް ވޯޓުނުލާ 217،204 މީހުން އެބަތިބިކަމަށް އީސީން ބުނެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 76.8 ޕަސަންޓު މީހުންނެވެ.
ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފަވާކަމަށް ފުލުހުން ބުނެފިއެވެ.
މެޑަމް ފާތުން ވޯޓުލާން ވަޑައިގަތުން
ރައީސް ޔާމިންގެ އަނބިކަނަބަލުން މެޑަމް ފާތިމަތު އިބްރާހިމް ވޯޓުލައްވައިފި
ކުރީގެ ރައީސް މައުމޫން ވޯޓުލައްވަނީ ސިރީ ލަންކާގަ ބަހައްޓާފަ ހުރި ވޯޓުފޮއްޓަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނަބަލުން މެޑަމް ފަޒްނާ އަހުމަދު ވޯޓުލައްވައިފި
މެޑަމް ފަޒްނާ އަހުމަދު ވޯޓުލައްވަނީ
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވޯޓުލައްވައިފި
ވޯޓުލާން އަދި ނުކުތީ 12 ޕަސަންޓު މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
99 ޕަސަންޓު ފޮށީގަ ވަނީ ވޯޓުލާން ފަށާފައެވެ.
ވޯޓުލާން އަދި ނުކުމެފަ ވަނީ 13،110 އަންހެނުންނާއި 23،202 ފިރިހެނުންކަމަށް އީސީން ބުނެއެވެ.
މިހާތަނަށް ވޯޓުނުލާ 246،492 މީހުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓުލައްވައިފި
ސާޖިދާ ވޯޓުލެއްވުން: ފޮޓޯ ސަން
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއިލާއާއެކު ވަޑައިގެން ވޯޓުލައްވައިފި
ބައެއް މަރުކަޒު ތަކުގައި ގާތްގަނޑަށް މިނިޓަކު 2 މީހުން ވޯޓުލަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ރާއްޖޭގެ ހުރިހާ ފޮއްޓަކަށް ވަނީ ވޯޓުލާން ފަށާފަ.
ރައީސް އަބްދުﷲ ޔާމިން ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލައްވާފަ ވަނީ ޖަލުގަ ބަހައްޓާފަ ހުރި ވޯޓު ފޮށީ 2 އަށެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މިއަދު ވޯޓުލާން ދާއިރު، ވޯޓުލާން ބޭނުންވާ ސާމާނު ކަމުގައިވާ، އައިޑީ ކަޑާ ޕާސްޕޯޓު އަދި ގަލަން ފިޔަވައި އެހެނިހެން ތަކެތި ވޯޓުލާ މަރުކަޒުތަކަށް ނުގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުނެގުން އަބޫދާބީ އަދި ލަންޑަން ފިޔަވާ އެހެން ހުރިހާ މަރުކަޒެއްގައި ވަނީ ފެށިފަ -އިލެކްޝަންސް ކޮމިޝަން-
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮބްޒާވް ކުރުމަށް އީޔޫގެ 36 އޮބްޒާވަރުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުން.
އީޔޫގެ އޮބްޒާވަރުން ހަރަކާތްތެރިވަނީ
ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވޯޓުލެއްވުން
ވޯޓު ލެއްވުމަށްފަހު ޑރ. މުއިއްޒު ވަނީ ވީހާވެސް ގިނަ ބަޔަކު ވީހާވެސް އަވަހަށް ވޯޓުލާން ނުކުތުމަށް އިލްތިމާސް ކުރައްވާފަ
ހުސެން މުހައްމަދު ވޯޓު ލައްވަނީ
އެޗްއާރު ސީއެމުން މިއަދު ބުނީ އެ ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުވެސް އޮބްޒާވު ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުންކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިހާބު ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށްވެސް ކޮމިޝަނުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
80 އިންސައްތައަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ: އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ ވޯޓުލާން ހަމަޖެހިފައިވާ ވަގުތު ހަމަވުމުން އިތުރު ވަގުތެއް ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
"ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ދައުރު ބައެއް ޕާޓީތަކުން ބަދަލު ކުރެއްވުމާ ގުޅިގެން، އެގޮތަށް ބަދަލުކުރި ބައެއް އޮބްޒާވަރުންނާއި މޮނިޓަރުންނަށް، ވޯޓުލާ މަރުކަޒަށް އެކްސެސް ނުވުމުގެ މައްސަލަ ދިމާވެދާނެ. އެއީ އީސީގެ މައްސަލައެއްނޫން. އެކަމަކު އެކަން ހައްލުކޮށް ވީހާވެސް އަވަހަކަށް އެކްސެސް ދިނުމުގެ މަސައްކަތް ކޯޑިނޭޝަން ސެންޓަރުން ކުރިޔަށް އެބަގެންދަވާ،" -އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް-
ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 17:00އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ
މި އިންތިހާބުގަ ވާދަ ކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއެވެ.
ދެ ވަނަ ބުރުގެ އިންތިހާބުގަ އިތުރު 12 ވޯޓު ފޮއްޓާއެކު 586 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އިންތިހާބުގެ ދެ ވަނަ ބުރުގައި 187 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މިދިޔަ ބުރުގަ ބެހެއްޓި އަދަދަށްވުރެ 11 ފޮށި އިތުރު އަދަދެކެވެ. އަދި ރާއްޖެއިން ބޭރުގެ ފުރަތަމަ ބުރަށްވުރެ އިތުރަށް 1 ފޮށި ބެހެއްޓުމަށް ވަނީ އިލެކްޝަނުން ނިންމާފައެވެ.
ފުރަތަމަ ބުރުގަ ވޯޓުލީ އަދަދަށްވުރެ 409 މީހުން މި އިންތިހާބުގަ އިތުރަށް ވޯޓުލާނެއެވެ. އެއީ ފުރަތަމަ ބުރާއި ދެ ވަނަ ބުރާއި ދެމެދުގަ 18 އަހަރު ފުރުނު ކުދިންނެވެ. ދެވަނަ ބުރުގަ 282804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަނުގެ ތަފާސް ހިސާބުން ދައްކައެވެ.
އަތޮޅުތަކާއި ރިސޯޓްތައް އަދި ޖަލުތަކާއި ސިނާއީ ރަށްތަކުގައި ބަހައްޓާ ވޮޓު ފޮށީގެ އަދަދަށް ބަދަލު އައިސްފައެއް ނުވެއެވެ.
އަތޮޅުތަކުގައި 319 ވޯޓު ފޮށި، ރިސޯޓްތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ރަށެއްގައި 1 ވޯޓު ފޮށި ބަހައްޓައެވެ.
އޮބްޒާވަރުންގެ ޢަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ފުރަތަމަ ބުރުގަ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހިމެނޭހެން މަސައްކަތްކުރީ 9071 މީހުންނެވެ. ނަމަވެސް ދެ ވަނަ ބުރުގަ 12083 މީހުން މަސައްކަތް ކުރާނެކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން ބޭރުން ބައިވެރިވާ ބޭރުގެ އިސް ބޭފުޅުންނާއި އޮބްޒާވަރުންގެ އަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އިންތިހާބުގެ ފުރަތަަމަ ބުރުގައި 165 މީހުން ބައިވެރިވިވިއެވެ. ދެ ވަނަ ބުރުގައި ބައިވެރިވާނީ 98 މީހުންނެވެ.
ވޯޓުލާ ހުރިހާ މަރުކަޒަކަށް ވޯޓު ފޮއްޓާ ކަރުދާސް އަދި އޮފިޝަލުން ހަމައަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބޭ