ads
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް: ވިދާޅުވީ ވޯޓުލާން އިތުރު ވަގުތެއް ނުދެވޭނެ ކަމަށް
ވޯޓުލާން އިތުރު ވަގުތެއް ނުދެވޭނެ: އީސީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ ވޯޓުލާން ހަމަޖެހިފައިވާ ވަގުތު ހަމަވުމުން އިތުރު ވަގުތެއް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. 
Advertisement

ދެވަނަ ބުރުގެ ވޯޓުލުން ފެށިފައިވާއިރު، ހަބީބް ވިދާޅުވެފައިވަނީ 80 އިންސައްތައަށް ވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ދައުރު ބައެއް ޕާޓީތަކުން ބަދަލުކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ އެގޮތަށް ބަދަލުކުރި ބައެއް އޮބްޒާވަރުންނާއި މޮނިޓަރުންނަށް، ވޯޓުލާ މަރުކަޒަށް އެކްސެސް ނުވުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި އެކަން ހައްލުކޮށް، ވީހާވެސް އަވަހަކަށް އެކްސެސް ދިނުމުގެ މަސައްކަތް ކޯޑިނޭޝަން ސެންޓަރުން ކުރިއަށް ގެންދާ ކަމުގައެވެ.

އީސީން ބުނީ ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 17:00 އަށް ކަމަށެވެ. އިންތިހާބުގެ ދެވަނަ ބުރުގެ އިތުރު 12 ވޯޓު ފޮއްޓާ އެކު 586 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުގައި އިންތިހާބުގެ ދެވަނަ ބުރުގައި 187 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ފުރަަތަމަ ބުރުގައި ބެހެއްޓި އަދަދަށް ވުރެ 11 ފޮށި އިތުރު އަދަދެކެވެ. އަދި ރާއްޖޭން ބޭރުގެ ފުރަތަމަ ބުރަށް ވުރެ އިތުރަށް އެއް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް