ހަބަރު /

ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަކީ ފަރުދީ ޒިންމާއެއް: އެޗްއާރުސީއެމް
ގުފްތަގް އަޖީރު
30 ސެޕްޓެމްބަރ 2023 - 08:37:48
އެޗްއާރު ސީއެމުން މިއަދު ބުނީ އެ ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުވެސް އޮބްޒާވު ކުރަމުން އަންނަކަމަށެވެ. "ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން މިހާރު މިވަނީ ފަށާފައި. ވޯޓުލުމުގެ ޙައްޤަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ޤާނޫނު އަސާސީއިން ލިބިދީފައިވާ މުހިއްމު ޙައްޤަކަށް ވީއިރު، އެ ފުރުސަތުގެ ބޭނުން ހިފައި ވޯޓުލުމަކީ ފަރުދީ ޒިންމާއެއް،" -އެޗްއާރް ސީއެމް-މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުންކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އިންތިހާބު ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށްވެސް ކޮމިޝަނުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް