ހުކުރު ދުވަހުގެ ރޭ އަލް ޓާއީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގައި އަލްނަސްރު މޮޅުވި ލަނޑަކީ މެޗުގެ އެންމެ ފަހުކޮޅު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީއެކެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަތަރުވަނައަށް އަރާފައެވެ. އެއީ އަށް މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެފައެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.