ads
ލަންޑަނުގައި ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުގެ ވޯޓުލުމުގެ ތެރެއިން: 85 އިންސައްތަ މަރުކަޒުގައި ވޯޓުލާން ކަނޑައެޅި ގަޑީގެ ތެރޭގައި ވޯޓުލާން ފެށި ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައި - ފޮޓޯ:އީސީ
"85% މަރުކަޒުގައި ވޯޓުލާން ކަނޑައެޅި ގަޑީގެ ތެރޭގައި ވޯޓުލާން ފެށި"
ވޯޓުލާ މަރުކަޒުގެ ތެރެއިން ހުރިހާ މަރުކަޒުތަކުގައި 9:00 ގައި ވޯޓުލާން ފަށާފައިވާއިރު، 85.8 އިންސައްތަ ވޯޓުލާ މަރުކަޒުގައި ވޯޓުލާން ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓުގެ ތެެރޭގައި ވަނީ ވޯޓުލާން ފަށާފައި ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
Advertisement

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ދިޔަ ގޮތާ ގުޅޭގޮތުން ޓްރާންސްޕޭރެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޖަމިއްޔާއިން އިންތިހާބު އޮބްޒާވް ކުރާ ދާއިރާތަކަކީ މާލެ ސަރަހައްދާއި އަތޮޅުތަކާއި ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކާއި ޖަލުތަކުގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާ ކަމަށެވެ.

މި އޮބްޒަވޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ 490 އަށް ވުރެ ގިނަ އޮބްޒާވަރުންނާއި ވޮލަންޓިއަރުން، މި އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގެ ހުރިހާ މަރުހަލާއެއްގައި ހީވާގިކަމާއި ޒިންމާދާރުކަމާ އެކު ކުރަމުންދާ މަސައްކަތަށް އެ ޖަމިއްޔާގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. ޓްރާންސްޕޭރެންސީން ބުނެފައިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގައި ވޯޓުލާ ދުވަހު ކަންކަން ހިނގަމުންދާ ގޮތުގެ އިތުރުން، މެއި 2023 ފެށިގެން އެ ޖަމިއްޔާއިން ދަނީ މުޅި އިންތިހާބީ މާހައުލުގައި ކަންކަން ހިނގަމުންދާ ގޮތް ބަލަމުން ކަމަށެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި ހާމަކުރާ މައުލޫމާތަކީ އޮބްޒާވަރުން މެދުވެރިކޮށް 297 ވޯޓު ފޮއްޓަކުން ހޯދާ މައުލޫމާތު ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި މިއީ ބަހައްޓާފައިވާ ޖުމުލަ ވޯޓު ފޮށިތަކުގެ 50 އިންސައްތައަށްވުރެ ގިނަ ފޮށި ކަމުގައެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ މި މަރުހަލާގައި ހާމަކުރާ މައުލޫމާތަކީ މުޅި ރާއްޖެއަށް ނިސްބަތްކުރެވޭނެ މައުލޫމާތުތަކެއް ކަމަށާއި ހާމަކުރާ މައުލޫމާތުތަކަކީ އިންތިހާބުގައި ވޯޓުލާން ފެށި ވަގުތު ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މައުލޫމާތުތަކެއް ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް