މިންހާލް ގައުމީ ޖޫނިއާ ރެކޯޑު އާކުރީ މިހާރު ޗައިނާގެ ހަނޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށްގެންނެވެ. މިންހާލް ރޭސް ނިންމީ 10.82 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާއަށް ލިބުނީ މި ހީޓުގެ ހަތްވަނައެވެ.
މީގެ ކުރިންވެސް 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑު އޮންނަނީ މިންހާލް އަތުގައެވެ. އޭނާ ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަޑަގަސްކަރާގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑު ހަދާފައެވެ. މިންހާލް އެފަހަރު ރޭސް ނިންމީ 10.90 ސިކުންތުންނެވެ.
މިންހާލްގެ ކުރިން މި ރެކޯޑު އޮންނަނީ އިބާދުالله އާދަމްގެ އަތުގައެވެ. އޭނާ ރެކޯޑު ހެދީ 2021 ބވަނަ އަހަރު އޮތް ނެޝަނަލް ޗެމްޕިއަންޝިޕް މުބާރާތުގައެވެ. އިބާދުالله މިހާރު އަންނަނީ ޖަމައިކާގައި ތަމްރީނު ހާސިލްކުރަމުންނެވެ.