ads
މާޒިޔާ ކުޅުންތެރިން
އޭއެފްސީ ކަޕް: މޯހަން ބަގާންއާ ކުޅެން މާޒިޔާ ފުރައިފި
އޭއެފްސީ ކަޕުގައި މި އަހަރު ރަށުން ބޭރުގައި ކުޅޭ ފުރަތަމަ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންޑިޔާއަށް ފުރައިފިއެވެ.

އޭއެފްސީ ކަޕުގައި މާޒިޔާ ރަށުން ބޭރުގައި މިއަހަރު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ކުޅޭނީ އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.

އޭއެފްސީ ކަޕުގެ މިފަހަރުގެ ދެވަނަ މެޗަށް މާޒިޔާ އަންނަ ހަފްތާގައި ނުކުންނައިރު، މާޒިޔާއިންވަނީ މި ފަހަރުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. އެއީ މާލޭގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް އަތުންނެވެ. މާލޭގައި އެ މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.  އަނެއްކޮޅުން މޯހަން ބަގާންވެސްވަނީ އެ ޓީމުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. އެ ޓީމުން މޮޅުވެފައިވަނީ އިންޑިޔާގެ އޮޑިއްޝާ އެފްސީ އަތުންނެވެ. ފުރަތަމަ މެޗުތަކުން މޮޅުވެފައިވާ ދެ ޓީމު އަންނަ ހަފްތާގައި ވާދަކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.

އޭއެފްސީ ކަޕުގައި މި ފަހަރުގެ އަވޭ ފުރަތަމަ މެޗުގައި މާޒިޔާ ، މޯހަން ބަގާންއާ ދެކޮޅަށް އަންނަ ހަފްތާގައި ނުކުންނައިރު، މިދިޔަ ދެ އަހަރުގެ މުބާރާތުގައިވެސް އެ ޓީމާ ދެކޮޅަށް މާޒިޔާއިންވަނީ ކުޅޭފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް