ads
ޕޫޖާ، އޭނާގެ ސަޕޯޓަރާ ބައްދަލުކުރަނީ--
ޕޫޖާ ދެކިލަން ދިޔަ މި މީހާ ފަސް ދުވަހު ނިދީ މަގުމަތީގައި!
ފިލްމީ ތަރި ޕޫޖާ ހެޖް ދެކިލަން މުމްބާއީއަށް ދިޔަ މީހަކު ފަސް ދުވަސްވަންދެން މަގުމަތީގައި ނިދިކަން އެނގުމުން އޭނާ ހައިރާންވެއްޖެ އެވެ.
ފިލްމީ ތަރި ޕޫޖާ ހެޖް ދެކިލަން މުމްބާއީއަށް ދިޔަ މީހަކު ފަސް ދުވަސްވަންދެން މަގުމަތީގައި ނިދިކަން އެނގުމުން އޭނާ ހައިރާންވެއްޖެ އެވެ.

ހައުސްފުލް ހަތަރަކުން ވެސް ފެނިގެންދިޔަ ޕޫޖާ ވަނީ އޭނާއާ ބައްދަލުކުރަން ދިޔަ ސަޕޯޓަރުގެ ވީޑިއޯ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އެގޮތުން މީހުންގެ ފަރާތުން ލިބޭ ތަރުހީބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެމީހާ ވަނީ ޕޫޖާ ދެކިލަން އޭނާ ކުރި ދަތުރުވެސް ކިޔައިދީފަ އެވެ. އެއާއެކު ޕޫޖާ ވަނީ އެހާ ބޮޑު ތަކުލީފެއް ނޫފުލުމަށާއި މަގުގައި ނުނިދުމަށް އެދިފަ އެވެ. އަދި އޭނާއާ ވާހަކަ ދައްކާލަން ވެސް އޭނާ މަޑުކޮށްގެން ހުންނަ މަންޒަރު ފެނެ އެވެ.

އުމުރުން 29 އަހަރުގެ ޕޫޖާ ވަނީ، ސަޕޯޓަރުން އެފަދަ ބޮޑެތި ތަކުލީފުތައް ނޫފުލުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.

ތަމަޅަ ތަރި އައްލޫ އަރްޖުންއާއެކު އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު އޭނާ މިހާރު އަންނަނީ ޕްރަބާސްއާއެކު ލޯބީގެ ފިލްމެއް ކުޅެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް