ads
އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި އިމްރާން ވާހަކަދައްކަވަނީ: ވިދާޅުވީ މުއިއްޒަށް ގުޅުއްވައި ހެޔޮ ގޮތުގައި ހުންނެވުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް - ފޮޓޯ:އެމްޑީޕީ
ޑރ. މުއިއްޒަށް ގުޅައިފިން، ހެޔޮ ގޮތުގައި ހުންނެވުމަށް ނަސޭހަތްތެރިވީން: އިމްރާން
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކާމިޔާބު ހޯއްދެވި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ގުޅުއްވައި ހެޔޮ ގޮތުގައި ހުންނެވުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީތީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ އިމްރާން މިއަދު އެކްސްގައި ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި މި ހަލަބޮލި ދުވަސްވަރު ވެރިކަން ކުރުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީވެ، ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ޑރ. މުއިއްޒަށް ނަސޭހަތްތެރިވެ ވަޑައިގެންފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، އިމްރާނުގެ އަދާލަތު ޕާޓީން ކޯލިޝަން ހެދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހަށް ލިބިވަޑައިގެންނެވީ ލިބިވަޑައިގެންފައިވަނީ 45 އިންސައްތަ ވޯޓެވެ. އެއީ 109،868 ވޯޓެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 54 އިންސައްތައެވެ.

އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު، ފުރަތަމަ ފަހަރަށް ކުރެއްވި އެކްސްގައި މިއަދު އިމްރާން ވިދާޅުވެފައިވަނީ އިންތިހާބުން ލިބުނު ނާކާމިޔާބީގަައި ހެވެއް އޮންނާނެ ކަމަށެވެ. އޭނާ އާއެކު މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކު މި ބަސް އެތައް ފަހަރު އަހާފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އިމްރާން ވަނީ ޑރ. މުއިއްޒަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ކިޔުއްވާ ފާޑުކިއުންތަކަށް ގިނަ ބައެއްގެ ސުވާލުތައް ކުރިމަތި ކުރެއްވުމުން އިމްރާން ވިދާޅުވެފައިވަނީ އޭނާއަށް ޑރ. މުއިއްޒު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެނގޭ މީހުންނަށް އޮންނަނީ ނޭނގޭ މީހުންނަށް ބުނެދިނުން ކަމަށެވެ.

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް